މުނިފޫހިފިލުވުން
ބ. އަތޮޅުގައި ނަގާފައިވާ އައު ދިވެހި ފިލްމު އަޅުވަން ތައްޔާރުވެއްޖެ
ބ. އަތޮޅުގެ ރަށްތަކުގައި ނަގާފައިވާ އައު ދިވެހި ފިލްމު އަޅުވަން ތައްޔާރުވެއްޖެއެވެ.
ފިލްމުގެ ޕްރޮޑިއުސަރުން ބުނި ގޮތުގައި ފިލްމުގެ ބޮޑުބައި ނަގާފައިވަނީ ބ. އަތޮޅުގެ ރީތި މަންޒަރުތަކުގެ ބެކްޑްރޮޕްގައެވެ. ފިލްމުގައި ރަށުގެ ބައެއް ރައްޔިތުންވެސް ބައިވެރިވެފައިވެއެވެ.
އިތުރު ތަފްޞީލު
ފިލްމު އެޅުވުމުގެ ތާރީޚު ފަހުން ޢާންމުކުރައްވާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފައިވެއެވެ. މި ޚަބަރާ ގުޅޭ އިތުރު މަޢުލޫމާތު ލިބެމުންދާ ވަރަކުން ގެނެސްދޭނަމެވެ.